މާލޭގެ މަގުތަކުން ޕާކިން ސްލޮޓު ކުއްޔަށް ދިނުން ހުއްޓާލަން ޓްރާންސްޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
އެ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ މަގުތައް ބޭނުންކުރުން ދަތިވެފައިވާ ކަމަށެވެ. އަދި އެކިއެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ހޯދަން ވެސް ދަތިވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެކަންކަން ހަމަޔަކަށް އެޅުވުމުގެ ގޮތުން މިހާރު ފަށައިފައިވާ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން، ސިޓީ ކައުންސިލުން، މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންގ ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް އެ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.
އަދި ސިޓީ ކައުންސިލުން މިއަދާ ހަމަޔަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައް ވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށް ދޫކުނުކުރުމަށް ވެސް އަންގާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.އަންގާފައިވާނެ ވާހަކަ ދަންނަވަމެވެ.
މާލޭ މަގުތަކާއި ބައެއް ހުސް ތަންތަނުން ޕާކިން ޖާގަ ހެދުމަށް ފަހު ކުއްޔަށް ދޫކުރަން ސިޓީ ކައުންސިލުން ނިންމައި، ފުރަތަމަ އިއުލާންކުރީ މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރުމަށެވެ. އެ ސްލޮޓްތަކަށް 1000 އާ ގާތް ކުރާ އަދަދަކަށް މީހުން ކުރިމަތިލުމުން ކައުންސިލުން ވަނީ ގުރުއަތު ނަގައިގެން އެ ސްލޮޓުތައް ދޫކޮށްފަ އެވެ.




5 Comments
ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ބަލަނީ
ޓެކްސީ ސެންޓަރު ރަޖިސްޓަރީކުރަން ލުއިތަކެއްދީ، އިސްލާހުތަކެއް ގެނެސްފި
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް