ސައުދީ އަރަބިއާގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް ސައޫދް ވިދާޅުވެއްޖެ އެވެ.
ފައިސަލް ބިން ފަރްހާދް އަލް ސައޫދް އެހެން ވިދާޅުވީ، އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސައުދީއާ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް ސައުދީން މެދުކެނޑުމެއްނެތި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ.
އަދި ރާއްޖޭގެ ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގުތިސާދީ ތަރައްގީ އަދި ހައްޖުގެ އަޅުކަމާގުޅޭ ކަންކަން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ރައީސް ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އާއި ސައުދީ ފޮރިން މިނިސްޓަރުގެ އެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ގައުމުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުން ކަމަށެވެ.




2 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި