ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކަކީ:
- – ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުން
- – ހެލްތް މިނިސްޓުގެ މަގާމުގައި ހުންނެވި އަބްދުﷲ ހަލީލު ފޮރިން މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުން
- – ރައިސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ހެލްތް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުން
ނާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ.
މި ބަދަލުތައް ގެނައި އިރު، މިހާރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު ބަދަލުުކުރާ މަގާމެއް ނުވަތަ މިނިސްޓްރީއެއް އަދި ނޭނގެ އެވެ.
މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ކެބިނެޓަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. މި ބަދަލުތައް ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް ވަނީ ޝާއިއުކޮށްފަ އެވެ.
ނަމަވެސް މި ބަދަލު ގެންނެވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ.




2 Comments
ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި