ޖޫން 7, 2025

މޯލްޑިވް ގޭހުން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް ހަދަނީ

މޯލްޑިވް ގޭހުން 10 ބުރީގެ އޮފީސް އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކަން އިއުލާން ކުރީ މޯލްޑިވް ގޭހަށް 25 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެނދުނު އެ ކުންފުނީގެ މާލޭ ޑިސްޓްރިބިއުޝަން ޔުނިޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.

އަބްދުﷲ ވިދާޅުވީ މޯލްޑިވް ގޭހަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ތަނުގެ އޮފީސް އިމާރާތުގެ ޖާގައިގެ ދަތިކަން ކަމަށް ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ފޭސް އެެކެއްގައި އޮފީސް އިމާރާތެއް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި އިމާރާތް ހަދަން ބިން ލިބޭތާ ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތް ހަދައި ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މޯލްޑިވް ގޭހުން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް ހަދަން ނިންމި އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންވެސް ވަނީ މި ފަހުން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް ހަދަން ނިންމައި، އެކަމަށް އިއުލާންކޮށްފަ އެވެ.

1 Comment

  • Wirdan Saeed އޮކްޓޯބަރ 6, 2024

    Faisaa gadeh malhaa laane gotheh hoadhee nu

Leave a Reply to Wirdan Saeed Cancel reply