އަނބިދަރީންނަށް އަޅައިނުލައި އަނބިމީހާ ވަރިކޮށްފައި، ދަރިންނަށް ހަރަދުނުދީ ފިލައިގެން އުޅުމަކީވެސް އަނިޔާއެއް ކަމަށާއި އެފަދަ އަނިޔާތަކަކީ މާތް ﷲ ހަރާމްކުރައްވައިފައިވާ ކަންކަން ކަމަށާއި އެއީ ތިމާގެ އަހުލުވެރީންނާ މެދު ގިޔާމަތް ދުވަހުން މާތް ﷲ ސުވާލުކުރައްވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ގެވެށިއަނިޔާ“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އަނިޔާވެރިވުމުގެ ހުރިހައި ވައްތަރެއް އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާއިރު ގެވެށި އަނިޔާއަކީ އަނިޔާވެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ގެވެށިއަނިޔާގެ ތެރޭގައި ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި ދަރީން މައިންބަފައިންނަށް ކުރާ އަނިޔާ ހިމެނޭ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމައުގެ ބިނާގެ އެއްބައި ކަމުގައިވާ އިރު، އަދި އެ ކަނބަލުން މުސްލިމު ފިރިހެނުންގެ އަނބީންނަށް ނުވަތަ މައިންނަށް ނުވަތަ އުހުތުންނަށް ނުވަތަ ދަރިންނަށްވާ އިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާމެދު ކޮންމެ މުސްލިމަކު ވިސްނާން ޖެހޭނެ ކަމަށް ބުންޏެވެ.
އަދި އެ ކަނބަލުންގެ އަގުވައްޓައިލުމަށް ޓަކައި، އެ ކަނބަލުންގެ އަބުރާބެހުމާއި އެ ކަނބަލުންނަށް ފުރައްސާރަކުރުމާއި އެ ކަނބަލުންގެ އިއްފަތްތެރިކަމަށް އަރައިގަތުމާއި އެ ކަނބަލުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ އިސްލާމްދީން މަނާކުރާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށްވެސް ބުންޏެވެ.
ކީރިތި ރަސޫލާ ދުވަހަކުވެސް އަންހެނެއްގެ ގައިގައި ޖައްސަވައިފައި ނުވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެކަލޭގެފާނުގެ އެންމެ ފަހު ވަސިއްޔަތްޕުޅުތަކުގެ ތެރޭގައި، އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަސިއްޔަތްކުރައްވާފައިވާ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ, ގެވެށިއަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ހަރުކަށި މުއާމަލާތުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުއާމަލާތުކުރަނީ އަހުލާގު ރިވެތި، އިލްމުވެރި ބަޔަކަށް އެ މީހުންގެ ދަރީން ހެދުމަށް ނުވަތަ ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށްޓަކާ ކަމަށްވީ ނަމަވެސް ފިރިހެނާ އެގޮތަށް އަމަލުކުރުމުން އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވެ, ގޭތެރެ ނާމާންވެ, ހިތްދަތިވުން އޮންނަ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށާއި އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއްވެސް ނޫން ކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު، ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައި ކަމަށާއި އޭނާގެ ރިވެތި އަހުލާގުގެ މަތީގައި ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ފިރީން އަނބީންނަށް އޯގާތެރިވެ އަޅައިލުން، އިސްލާމްދީނުގައި ވާޖިބުކުރައްވައިފައިވާ ފަދައިން، ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދުމެއް ނުވާ ކަންކަމުގައި، އަނބީންވެސް ފިރީންނަށް ކިޔަމަންތެރިވުން އިސްލާމްދީނުގައި ވާޖިބުކުރައްވާފައިވާ ކަމަށެވެ. އަދި ފިރީންނަށް ކިޔަމަންތެރިވުމަކީ، އެ ކަނބަލުންގެ ދަރަޖަ މަތިވެރިވާނޭ ކަމެއް ކަމަށާއި އެ ކަމުގެ ސަބަބުން، އާއިލީ ގުޅުން ބަދަހިވެ، ގެވެށިއަނިޔާއަށް އޮންނަ ފުރުސަތު ހަނިވާނެ ކަމަށް ބުންޏެވެ.
އަންހެނުންނަށް އަނިޔާކުރުމަކީ ފައިދާއެއް ނެތް، ގެއްލުން ހުރި ހަޑިހުތުރު އަމަލެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އޭނާގެ ހަލާލު އަނބިމީހާއަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ވިޔަސް އަނިޔާކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި މާތް ﷲ ފިރީންނަށް އަންގަވަނީ އެ މީހުންގެ އަނބީންނާއެކު ރިވެތި ގޮތުގައި މުޢާމަލާތު ކުރުމަށް ކަމަށްވެސް ބުންޏެވެ.
ގުޅުންހުރި
ރައީސް މުއިއްޒަށް ތުހުމަތުވާ ކޮރަޕްޝަންގެ ވާހަކަ ދެއްކުމުން މަޖިލިސް ރައީސް އެންގެވީ
އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް
އާބާދީގައި 10،000 ހަމަކުރީ އޮޅުވާލައިގެން ކަމަށްބުނެ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން
ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ރާއްޖެއަން
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަހެއް ހޯދަންޖެހޭ: ފަލާހު
ނަޝާތާއި ޒާހިރު އަދި އާސިފަށް އިންތިހާބަށް ނުފޫޒު ފޯރުވައި، ޑޭޓާބޭސް ވިއްކުމުގެ