ސްޓެލްކޯ އިން މާލޭގައި ހަދާ އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ސްޓޭލްކޯގެ ހެޑް އޮފީހާ އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަނެއް ހަދަން ނިންމާފައިވާކަން ފަހުމީ އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު އެވެ.
އެ މަސައްކަތް ފަށައިގެން ކުރިއަށްދާކަން ހާމަކޮށް ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ވެހިކަލް ޕްރޮމޯޓްކޮށް ރާއްޖެއިން ޖަށްވަށް ދޫކުރާ ކާބަން މަދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުފުޅުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
އެގޮތުން އެ ޗާޖިން ސްޓޭޝަނަކީ އިލެކްޓްރިކް ވެހިކަލް ގެންގުޅޭ ފަރާތްތަކަށް ސާފު ހަކަތަ ފަސޭހައިން ލިބޭނެ ގޮތް ފަހިވާނެ ތަނެއްގެ އިތުރުން ތިމާވެއްޓާއި ރައްޓެހި ހައްލުތަކާ ދިމާލަށް ގައުމު މިސްރާބު ޖެހުމަށް މުހިންމު ދައުރެއް އަދާކުރާނެ ސްޓޭޝަނެއް ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ފެހި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށް ރައީސް މުއިއްޒު ގެންގުޅޭ ތަސައްވަރަށް ތާއީދުކޮށް، އެކަން ހާސިލުކުރުމަށް ސްޓެލްކޯ އިން ޝެޑިއުލްއާ އެގޮތަށް ޗާޖިން ސްޓޭޝަންގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.




ގުޅުންހުރި
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
ހިތަދޫގައި އުޅޭ ”އެސްކޭޕީ“ ގުރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ