ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމަނިކުފާނުގެ ދެ ކަނބަލުންނަށް އެގައުމުން ރަސްމީކޮށް މަރުހަބާކިޔައިފި އެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށެވެ. ރައީސް އިންޑިއާއަށް ފުރާވަޑައިގެންނެވީ އިއްޔެ އެވެ.
އިންޑިއާގެ ރިޔާސީ ގަނޑުވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރައީސްއަށް ރަސްމީކޮށް މަރުހަބާ ކިޔައިފަ އެވެ. ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، ރަސްމީކޮށް މަރުޙަބާ ދެންނެވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.
މި ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ޤައުމީ ސަލާމްކުޅެފަ އެވެ. އަދި ރައީސްގެ ޝަރަފުގައި ހާއްސަ ގާޑް އޮފް އޮނާއެއް ވަނީ އަރުވާފަ އެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާގެ ހާއްސަ ހަރަކާތްތަކަކާއި، ސަގާފީ ބައެއް ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ.




1 Comment
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު