ގެއެއްގެ މަތިން ފުންމާލައިގެން މަރުވި ޒުވާނާގެ މަރާ ގުޅިގެން ޗެނަލް 13 އިން ގެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފި އެވެ.
”ބެލްކަނި“ގެ ނަމުގައި ގެނެސްދީފައިވާ އެ ޑޮކިއުމަންޓްރީއަކީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެމްޕީއެލް ކުރިމަތީގައި ހުރި ގެއެއްގެ ނުވަވަނަ ބުރިން ފުންމާލި ގއ. މާމެންދޫ/ ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާނުގެ މަރާ ގުޅިގެން ޗެނަލް 13 ހެދި ޑޮކިއުމެންޓްރީ އެކެވެ.
ޗެނަލް 13ގެ ސީއީއޯ އިސްމާއިލް ސޮފްވާނަށް ބްރޯޑްކޮމް އިން ފޮނުވި ސިޓީއެއްގައި ވަނީ އެ ޑޮކިއުމަންޓްރީ އިތުރަށް ނުދެއްކުމަށާއި އެ ޑޮކިއުމަންޓްރީ އެ ޗެނަލްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ނެގުމަށްފަހު އެ ކޮމިޝަނުން ވަކިއެއްޗެއް އަންގަންދެން ޑޮކިޔުމެންޓަރީ ރައްކާކޮށްފައި ބެހެއްޓުމަށް އަންގައިފަ އެވެ.
އޭގެ އިތުރުން އެ ކޮމިޝަނުން ވަކިއެއްޗެއް އަންގަންދެން ޑޮކިޔުމެންޓަރީ ރައްކާކޮށްފައި ބެހެއްޓުމަށާއި އެ މައްސަލަ ވަރަށް އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ބްރޯޑްކޮމުން ޗެނަލް 13 އަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

12 Comments
ގުޅުންހުރި
މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ވީއައިއޭ އަށް 59 އަހަރު ފުރުން ފާހަގަކުރަން 59 ފޫޓުގެ ކޭކެއް
ރައީސްގެ ފަރިއްކޮޅަށް އެންމެ ދުވަހަކަށް 9،000ރ. ހަރަދުކުރި ވާހަކަ ދޮގުކޮށްފި!
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތަށް ބޮޑު ތަރުހީބެއް، ސްޕޮންސާ ކުރުމަށް
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ