ޕިކަޕްތަކުން 12 ބެޓެރީ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، މާކަރީ ލައިޓް، އަލީ އަހުސަން، 32، އާއި ސ. ފޭދޫ، އަނަސް، މުހައްމަދު ނާޒީދު، 43، ކަމަށެވެ.
ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ބެޓެރިތައް ފެނުނީ ހެނދުނު 6:55 ހާއިރު ފަރީދީމަގާއި ޗާންދަނީ މަގާ ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާ މެދު ތުހުމަތު ކުރެވޭތީ ހުއްޓުވައި ބަލައިފާސްކުރުމުން ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.



