އައްޑޫ ސިޓީގެ ދެކުނަށް އޮންނަ ޗާގޯސްއާ މެދު ރާއްޖޭގެ ދައުވާތަކެއް ހުއްޓައި، އިނގިރޭސިވިލާތުނ،ް ޗާގޯސް، މޮރިޝަސްހަވާ ހަވާލުކުރަން ނިންމުމާ ގުޅިގެން، ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ލަފާ ހޯދަމުންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމަށް އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން ބައެއް ތަޖުރިބާކާރުންގެ ލަފާ ލިބިފައިވާ ކަމަށެވެ. އިތުރު ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުޝާމް ވިދާޅުވި އެވެ.
”މި ކަމަކީ އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް އެކްސްޕާޓުންގެ އޮޕީނިއަން ހޯދައިގެން ކުރެވޭ ޒާތުގެ ކަމަކަށް ވާތީ ކޮންމެ ޑިވެލޮޕްމެންޓަކާ ގުޅިގެން ވެސް އަޅުގަނޑުމެންގެ ސްޓްރެޓަޖީތަކާ އެއްޗެހި، ކުރިއަށް ދާނެ ގޮތްތަކާ އެއްޗެހި ބަދަލު ކުރަން ޖެހޭ،“ އުޝާމް ވިދާޅުވި އެވެ.
ރާއްޖެއާއި މޮރިޝަސްގެ ދެމެދުގައި އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށެވެ. އިޓްލޮސްއިން ކުރި ހުކުމުގައި ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.
އެއާ އެކު، ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.
ނަމަވެސް، އޭރު އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދެވީ އޭރުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީ ކަމަށް ވިދާޅުވަމުންނެވެ. މި ސަރުކާރުން އަންނަނީ ހާއްސަ ކޮމިޓީއެއް އުފައްދައިގެން އިޓްލޮސްގެ ނިންމުން މުރާޖައާކުރަން ހުށަހަޅަން މަސައްކަތް ކުރަމުންނެވެ.




ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި