ހދ. ހަނިމާދޫ އެއާޕޯޓް ނިމޭއިރަށް އެ އަތޮޅުގައި 4،000 ޓޫރިސްޓް އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގައި ޓޫރިޒަމްގެ ހަރަކާތްތައް އެކަށީގެންވާ ގޮތަށް ފެށިފައިނުވާތީ، އެ އަތޮޅުގައި ޓޫރިސްޓް ބެޑް އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް އޮޅުންފިލުވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.
އެހާތަނަށް ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވައިކަރަ މުރައިދޫގެ 15 ހެކްޓަރު ޓޫރިޒަމަށް ހުޅުވާލައި، އެތަން ޓޫރިޒަމް މިނިސްޓްރީގެ އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކޮށް މިހާރު އެވޯޑު ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ޓޫރިޒަމްގެ ބޭނުމަށް އެ އަތޮޅުގައި ރަޖިސްޓްރީ ކޮށްފައިވަނީ އެންމެ 460 އެނދު ކަމަށެވެ. އެ އަތޮޅުގެ އިތުރު ތިން ތަނެއް ޓޫރިޒަމަށް ތަރައްގީކޮށް ޖުމުލަ 1800 އެނދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގެ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި އެލައިޑް
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކު އަވަހާރަވެއްޖެ
އެމްޑަބްލިޔުއެސްސީން ކުމުންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
ހަނިމާދު އަށް ބަދަލުކުރާތީ ހިރިމަރަދޫގައި ގޯތީގެ ކަންކަން ނުކުރަން އެދިއްޖެ
ހދ. އަތޮޅު ޓޫރިޒަމް ފައްކާ އަތޮޅަކަށް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް
މާފަރުގެ އިހުތިސޯސުން ފަރުމުލި ވަކިކޮށް، ޓޫރިޒަމަށް ހުޅުވާލައިފި