ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާ އިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވައިފަ އެވެ.
އެގޮތުން ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ވަނީ ނިންމަވައިފަ އެވެ. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށްވެސް އެ މަނިިކުފާނުގެ ނިންމެވުންތަކުގެ ތެރޭގައި ހިމެނެ އެވެ.
ސަރުކާރު ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު އޮތް ގޮތުން އެ ކުންފުނިތަކުގެ ވެރިންނަށް 100،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބެ އެވެ. ރައީސްގެ މުސާރައިގެ ގޮތުގައިވެސް ލިބިވަޑައިގަންނަވަނ 100،000 ރުފިޔާ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި ދަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މަތީގައިވާ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާ އިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ކުރައްވާނެ ކަމަށެވެ.

1 Comment
ގުޅުންހުރި
ކޯރާޑިއަކާއި ވަޅިއަކުން މީހަކަށް ހަމަލާދޭން އުޅުނު 61 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ސީއެސްސީގެ މެންބަރު ކަމަށް މުޖްތާޒް އައްޔަންކުރަނީ
ގަރާރުތަކަށް ބަހުސްކުރަން ފެނޭތޯ ބަހުސްކުރާ ގޮތަށް ގަވާއިދު ހެދުން މުހިންމު: ފަލާހު
ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި
ރައީސްގެ ނަސޭހަތެއް: ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން ފަރުވާކުޑަވެގެންނުވާނެ
އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި