ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި، ޑރ. އަބްދުﷲ ހަލީލާއި ފިނޭންސް މިނިސްޓަރުގެ މަގާމަޑް އައްޔަން ކުރެއްވި މޫސާ ޒަމީރު އަދި ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވި އައްޔަންކުރެއްވި އަބްދުﷲ ނާޒިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
އެ ތިން މިނިސްޓަރުންނަށް ރުހުން ދެއްވާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން، ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު، ފިނޭސް މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެބި ޑރ. އަބްދުﷲ ހަލީލް ވަނީ ފޮރިން މިނިސްޓަރަކަޑަ ހަމަޖައްސަވާފައެވެ.
- ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ހެލްތު މިނިސްރުގެ މަގާމަށް އައްޔަންކުރައްވައިފައެވެ.

1 Comment
ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
ގެވެށި އަނިޔާގެ ތުހުމަތުވާތީ ތޯހާ އެޗްއާރްސީއެމްއަށް އައްޔަންކުރަން ފާހެއްނުވި
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
މަޖިލިސް މެންބަރެއް މެދުވެރިނުކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް ހަދަނީ