ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ހިދުމަތް ދިނުމަށްޓަކައި ފެރީ ޓިކެޓުގެ އަގު ބޮޑުކުރަންޖެހޭ ކަމަސް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުުގެ އިގުތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، އާރުޓީއެލް ފެރީގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ރަނގަޅު ހިދުމަތެއް ކަމަށާއި އެ ހިދުމަތް ދެމެހެއްނިވި ގޮތެއްގައި ދޭންޖެހޭ ކަމަށެވެ. ނަމަވެސް އެ ހިދުމަތް އަގުހެޔޮކޮށް ދިނުމަށް ސަރުކާރުން ދޭންޖެހޭ ސަބްސިޑީ ވަރަށް ބޮޑު ކަމަށާއި ސަބްސިޑީ ކުޑަނުކޮށް އެ ހިދުމަތް ދިގު މުއްދަތަށް ނުދެވޭނެ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި އާރުޓީއެލްގެ ހިދުމަތް ފެށި ފުރަތަމަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން 48 މިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި މިދިޔަ އަހަރު 130 މިލިއަން ރުފިޔާ ހޭދަކުރި ކަމަށެވެ. އަދި މި އަހަރު ނިމޭއިރު އެ އަދަދު 280 މިލިއަން ރުފިޔާ އިން މައްޗަށް އަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންކަމުން މިހާރު އޮތް މޮޑެލްގައި އެކަން ކުރުމަކީ ދައުލަތަށް ކެެތްވާނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
”އެއީ 20 ޕަސެންޓް ރިކަވަރީ، 80 ޕަސެންޓް ސަބްސިޑައިޒް ކުރަން ޖެހޭ، އޭގެ މާނައަކީ އެއް ބިލިއަން ރުފިޔާ ދާނެއޭ ސަބްސިޑީ އަށް،“ މިނިސްޓަރު ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ ސަބްސިޑީ ލެވެލް 55 ޕަސެންޓަށް ކުޑަކޮށް، 40 ޕަސެންޓަށް ރިކަވަރީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އަގުތައް ކަނޑައެޅުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.




69 Comments
ގުޅުންހުރި
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ބަލަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ޓެކްސީ ސެންޓަރު ރަޖިސްޓަރީކުރަން ލުއިތަކެއްދީ، އިސްލާހުތަކެއް ގެނެސްފި