ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މެންބަރަކު ގާނޫނާހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މީހަކު ނިސްބަތްވާ ޕާޓީ ވެސް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު އެވެ. އެ ބިލު މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާއިރު މިއަދު ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައ އެވެ.
އެ ބިލުގައި ގެންނަ އެންމެ ބޮޑު އެއް ބަދަލަކަށް އޮތީ ޕާޓީތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ހެދުމެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕާޓީތައް ޖޫރިމަނާ ކުރެވެނީ ދެ ހާލަތެއްގަ އެވެ. އެއީ ޕާޓީއެއްގެ މެންބަރުކަމަށް ގަވައިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފި ނަމަ، އެކަން ކުރި ފަރާތެއް 5،00 ރުފިޔާއާއި 10،000 ރުފިޔާގެ އަދަދަދުން ޖޫރިމަނާ ކުރުމެވެ. އަނެއް ހާލަތަކީ އެ ނޫން ހުރިހާ ކަމެއް ފިޔަވައި، ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވާ ފަރާތެއް 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އަލަށް ހުށަހަޅާ އިސްލާހުގައިވަނީ އޮތް 30،000 ރުފިޔާ އާއި 75،0000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުުރުމުގެ އިތުރުން، ”އެ އަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް 100،000ރ. އިން ޖޫރިމަނާ“ ކުރެވޭ ގޮތް ހެދުމެވެ.
މި އިސްލާހުން، ޕާޓީގެ މެންބަރު ކުރާ ގާނޫނާ ހިލާފު ކޮންމެ ކަމެއްގައި ޕާޓީތަކަށް ބޮޑެތި ޖޫރިމަނާ އައުމުގެ ފުރުސަތު އޮންނާނެ އެވެ. ގާނޫނުގައި މިހާރު ވެސް ބައެއް މާއްދާތަކުގައި ބަޔާން ކުރާ ވަކިވަކި ކަންކަމާ ހިލާފުވެގެން 5،000ރ. އާއި 50،000ރ.ގެ އަދަދަކުން ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް އެ މާއްދާތަކުގައި ވެސް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން އެ އިސްލާހުގައި ވަނީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ފަހު އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑަސީ އިލެކްޝަން ކޮމިޝަނަށް ބާތިލުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިސެމްބަރު 2016ގައި ގެނައި އިސްލާހު އުވާލުމެވެ.
ގުޅުންހުރި
ޕީއެންސީ އިންތިހާބު: ދެ ކެންޑިޑޭޓެއްގެ މެދުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
މިއަދު އެ ފެނުނީ ޕީއެންސީގެ މެންބަރުން އަމިއްލަ މަސްލަހަތު ކުރިއަށް ނުނެރޭނެކަން: