އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ އިން ދުނިޔޭގައި ލީޑުކުރާނެ ގައުމަކަށް ރާއްޖެ ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ 15 ޕަސަންޓަކީ ޑިޖިޓަލް އިގުތިސޯދަށް ހެދުމަކީ އެ މަނިކުފާނު އަމާޒެއް ކަމަށެވެ. އެހެންވެ ރާއްޖެއަށް ޑިޖިޓަލް ކަރަންސީ އަދި ކްރިޕްޓޯ ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭރުން ފަންނުވެރިންނަށް އިގުތިސޯދީ ހަރަކާތްތަކުގެ ތެރޭގައި އުޅުމުގެ މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ޑިޖިޓަލައިޒޭޝަންގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސްގެ ތެރެއިން އަޅުގަނޑުމެންގެ ގައުމު ވެގެންދާނީ ވަރަށް ބޮޑަށް ދުނިޔޭގެ މައިދާނުގައި އަދި އަމުދުން މިކަހަލަ ކުޑަ ގައުމަކަށް ބަލާއިރު އެންމެ ކުރީ ސަފުގައި ލީޑުކުރާ ގައުމަކަށް. އެއީ އަޅުގަނޑުމެންގެ އެމްބިޝަން، ނަތީޖާ. އަޅުގަނޑަށް މުހިންމީ ނަތީޖާ،“ ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނަކީ މީގެ ކުރިންވެސް، މިހާރުވެސް އަދި ކުރިއަތް ތަނުގައިވެސް ނަތީޖާ ހާސިލުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. ނަތީޖާ ނޫން އެހެން އެއްޗެއް އެ މަނިކުފާނަށް މުހިންމު ނޫން ކަމަށްވެސް ވިދާޅުވި އެވެ.




19 Comments
ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު