މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގައި އަދާކުރަމުންދިޔަ ވަޒީފާ އިން ވަކިކޮށްފި އެވެ.
’ހަފްތާ‘ އަށް ކަށަވަރުވެފައިވާ ގޮތުގައި ޕީއެސްއެމްގެ ވަޒީފާ އިން މުސްތަފާ ވަކިކޮށްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. ވަކިކުރި ސަބަބު ކަށަވަރު ނުވި ނަމަވެސް ޕީއެސްއެމް އިން ވަނީ މިރޭ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ޕީއެސްއެމް އިން ބުނީ އިއްޔެ ރޭ ބޭއްވި އެމްއެމްސީގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ހަފުލާ ޕީއެސްއެމް އިން ލައިވްކޮށް ދައްކަމުންދިޔައިރު އެ ހަފުލާގެ ތެރޭގައި އެ ކުންފުނީގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާއްމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް އެމްއެމްސީގެ ފަރާތުން ދައްކާފައިވާ ކަމަށެވެ.
ޕީއެސްއެމްއަށް ކުރިން އެންގުމެއްނެތި ކުއްލިއަކަށް ހަފުލާގެ ތެރޭގައި އެ ވީޑިއޯ ދެއްކުމަކީ ގަސްތުގައި ދުރާލާ ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމް އިން ދެއްކުމަށް އެމްއެމްސީން ކޮށްފައިވާ ކަމެއް ކަމަށް އެ ކުންފުނިން ދެކޭ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ޕީއެސްއެމް އިން ބުނީ، އެކަމަކީ އެ ކުންފުންޏަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި، އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބިދާނެފަދަ ކަމެއް ކަމަށެވެ.
އަދި ޕީއެސްއެމްގެ ތަސައްވުރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭފަދަ އަމަލެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގާފައިވާތީ އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި އެ ކުންފުނީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށްވެސް ބުންްޏެވެ.

5 Comments
ގުޅުންހުރި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ:
މާލެ ވަޑައިގެންނެވިތާ ހަފުތާއެއް ނުވެ ރައީސް އަނެއްކާވެސް އަތޮޅުތެރެއަށް