ސިޔާސީ ޕާޓީތަކަށް ވަންނަ މީހުން އެ ވަންނަ ޕާޓީއެއްގައި ވަކި މުއްދަތެއް ކޮށްފައިނޫނީ ޕާޓީން ވަކި ނުވެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލަށް މިއަދު ބަހުސް ކުރައްވަމުން ޝާޑު ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ސިޔާސީ މަސައްކަތްތައް ރާއްޖޭގައި ހިންގަން ބައެއް މެންބަރުން ދެކޮޅު ހަދަމުންދާ ކަމަށާއި ނަމަވެސް ރާއްޖެއަށް މިހާރު އަންނަ ބަދަލުތަކާއެކު ސިޔާސީ ޕާޓީތައް އިތުރަށް އުފެދި ސިޔާސީ ހަރަކާތްތައް ހިންގަން ޖެހިފައިވާ ކަމަށެވެ.
ނަމަވެސް މައްސަލައަކީ ގައުމާއި ރައްޔިތުން އެކަހެރިކޮށް ޕާޓީގެ އިސް ވެރިއަކަށް ހުންނަ މީހާ، ސިޔާސީ ބޭނުމަށް ވެރިކަން ހޯދުން ކަމަށް ޝާޑު ވިދާޅުވިއެވެ. ސިޔާސީ މަސައްކަތްތައް ކުރަންޖެހޭނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
”ސިޔާސީ ޕާޓީތަކަށް މީހުން ވަދެފަ، މިއަދު ވަންނަނީ މިއަދު ނިކުންނަނީ، މިވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް، ސިޔާސީ ޕާޓީއަށް ވަނުމަށްފަހުގައި އެ ސިޔާސީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަދުވެގެން އަހަރެއް، ދެއަހަރުވަންދެން އެ މެންބަރު ހުންނަން ޖެހޭ އިސްލާހެއްވެސް އައުމަކީ އަޅުގަނޑު އެދޭކަމެއް،“ ޝާޑު ވިދާޅުވި އެވެ.
”ހެނދުނު ސޮއިކުރީ ހަވީރު ޕާޓީ ބަދަލުކޮށް ސޮއިކުރަނީ، ރައްޔިތުންވެސް އެބަޖެހޭ ޒިންމާދާރުވާން،“
ޝާޑު ވިދާޅުވީ ސިޔާސީ ޕާޓީތައް ޖަވާބުދާރީ ކުރުމަށާއި ރެކިއުލޭޓްރީ ބޮޑީން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިއަދު ހުށަހެޅި އިސްލާހަކީ ވެސް ޕާޓީތަކަށް ހިމާޔަތް ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށް އޭނާ ވިދާޅުވި އެވެ.




36 Comments
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ވާދަވެރިން ވެސް ގުޅެންވީ ޕީއެންސީއާ، ކާމިޔާބު ހޯދާނެ ފަޅިއަކީ މިއީ: ޝަހީމް
ކައުންސިލުތަކުގެ ޒިންމާއަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން: ހަލީމް
ރާފިއު، ވާދަވެރިންނަށް: މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލިޔަސް، ގެނެސްދިން ތަރައްގީ އެނގޭނެ!
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް