ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ސިޔާސަތުތަކުގެ ތެރެއިން ބިން ހިއްކުމަށް ނަގާ ވެލިން ފީއެއް ނެގުމަށް ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ލުއި ފޮތުގައި ބުނެފައިވާ ގޮތުން އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތަކުން އަންނަ އަހަރު އިތުރު 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިން ހިއްކަން ނަގާ ވެލިން އަންނަ އަހަރު 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް އެ ފޮތުގައި ބުނެފައިވެ އެވެ.
ނަގަން އެ ފީ ނަގަން ފަށަނީ ކޮންއިރަކު ކަމެއް އަދި ބިން ހިއްކުމަށް ނަގާ ވެލިން ކޮންމެ ކޮޑިމީޓަރަކަށް ނަގަނީ ކިހާ އަދަދެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އެހެން ސިޔާސަތުތަކުގެ ތެރެއިން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކޮށްގެން 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ، އެއާޕޯޓް ޓެކުހާއި ފީގެ ރޭޓުތައް ބޮޑުކޮށްގެން 1.6 ބިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ރޭޓުތައް ބޮޑުކޮށްގެން 1 ބިލިއަން ރުފިޔާ ހޯދަން ވަނީ ނިންމައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ އެ ފީތައް ބޮޑުކުރަން ގާނޫނުތަކަށް ގެނައި އިސްލާހުތައްވެސް ތަސްދީގު ކުރައްވައިފަ އެވެ. އެ އިސްލާހުތައް ހުށަހެޅީވެސް މި ސަރުކާރުންނެވެ.
މީގެ އިތުރުން ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކޮށްގެން 700 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީ ރޭޓު ބޮޑުކޮށްގެން 200 މިލިއަން ހޯދަންވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

8 Comments
ގުޅުންހުރި
ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ޔާމީން ދެއްކީ ބުހުތާނު
ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސް ހަލާކުވެ, މީހާ މަރު!
އޮންލައިންކޮށް ދިމާވި ކުއްޖާއާ ބައްދަލުކުރަން ދިޔަ މީހާ މެހުނީ މަޅިއަކަށް, ރަހީނުކޮށް
އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާ
ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން