މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް (އޭސީޕީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް ސަސްޕެންޑް ކޮށްފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އާސިފް ސަސްޕެންޑް ކޮށްފައިވަނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ މި ވަގުތު އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.
އާސިފް ސަސްޕެންޑް ކުރި އިރު، ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މިދިޔަ ޖުލައި މަހު ފެންމަތިވި އެ މައްސަލައިގައި ތުހުމަތު ކުރަނީ އާސިފަށެވެ. އޭނާއަކީ އެ ކްލަބުގެ ރައީސެވެ.

2 Comments
ގުޅުންހުރި
ބައްސާމް ވިދާޅުވީ ހިޔާނާތްތެރިވި ކަމަށް ބުނާ ފައިސާއަކީ އޭނާއަށް ލިބެންޖެހޭ ފައިސާ
ދައުލަތުގެ ވަޒީފާގައި 25 އަހަރުވެއްޖެ، ހިޔާނާތެއްގެ ތުހުމަތެއް މިހާތަނަށް އަމާޒެއްނުވޭ: އަބްދުﷲ
ޝަމްއާންގެ ބަންދަށް 15 ދުވަސް ޖެހި މައްސަލަ ހައިކޯޓަށް
މާފުށީ ޖަލުގައި މީހަކު ދަންޖެހިގެން މަރުވެއްޖެ
ބިދޭސީންގެ އަތުން ފައިސާ ނެގި ތުހުމަތުކޮށް ޝަމްއާންގެ ގެ ބަލައިފާސްކޮށްފި
ކަރެކްޝަންސްގެ 30 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ބެސްޓް އޯލް ރައުންޑަކަށް