ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ އަދަދު މަދުކުރުމުގެ ގޮތުން ނިކަމެތި އަދި ނާޒުކު އަންހެނުންނަށް ސަރުކާރު ހޮސްޕިޓަލްތަކުން ހިލޭ ސިޒޭރިއަން ހަދައިދޭން ނައިޖީރިއާގެ ސަރުކާރުން ނިންމައިފި އެވެ.
އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމު, ނައިޖީރިއާ އަކީ ދުނިޔޭގައި ވިހެއުމުގެ ތެރޭގައި އެންމެ ގިނައިން މައިން މަރުވާ ހަތަރު ގައުމެވެ. އެގޮތުން އެ ގައުމުގައި ވިހާ ކޮންމެ 100,000 ކުއްޖެއްގެ ތެރެއިން 1,047 ކުއްޖަކު މަރުވެ އެވެ.
އޭގެ ސަބަބެއް ކަމަށް ބެލެވިފައި އޮންނަނީ ސިޒޭރިއަން ހެދުމުގެ ފުރުސަތު ނުލިބުމެވެ. ހާއްސަކޮށް ނައިޖީރިއާގެ ފަގީރު އަވަށްތަކުގައި އުޅޭ މާބަނޑު އަންހެނުންނަށް ހަރަދު ބޮޑުވުމުގެ ސަބަބުން ކުއްލި ސިއްހީ ފަރުވާއެއް ނުލިބެ އެވެ.
ނިކަމެތި އަންހެނުންނަށް ހިލޭ ސިޒޭރިއަން ހަދައި ދިނުން އިއުލާން ކުރަމުން ނައިޖީރިއާގެ ހެލްތް މިނިސްޓަރު މުހައްމަދު ޕޭޓޭ ވިދާޅުވީ, ސިޒޭރިއަން ހެދުމުގެ މާލީ ގާބިލުކަން ނެތިގެން އެއްވެސް އަންހެނެއްގެ ފުރާނަ ގެއްލިގެން ނުވާނެ ކަމަށެވެ.
ނައިޖީރިއާގައި ސިޒޭރިއަން ހެދުމަށް އެވްރެޖުކޮށް 60,000 ނައިރާ ނުވަތަ 36 ޑޮލަރު ހަރަދުވެ އެވެ. އެއީ ދިވެހި ފައިސާ އިން ބަލާނަމަ 550 ވަރަކަށް ރުފިޔާ ނަމަވެސް ނައިޖީރިއާގެ ގިނަ މީހުންނަށް އެއީ ބޮޑު އަދަދެކެވެ.
ނައިޖީރިއާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ 40 ޕަސެންޓަށްވުރެ ގިނަ މީހުންނަށް އިންޓަނޭޝަނަލް އެކްސްޓްރީމް ޕަވަރީ ލައިންގައި ބުނާ ދުވާލަކަށް 2.15 ޑޮލަރުވެސް ނުލިބެ އެވެ.

2 Comments
ގުޅުންހުރި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އިރާނުގެ ވަރުގަދަ ހަމަލާއެއް، އިޒްރޭލަށް 100 ބެލިސްޓިކް މިސައިލް ފޮނުވާލައިފި!
މަޑަކުން ނުތިބޭނަން، އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރުވާނަން: އީރާންގެ
އީރާނުން ބަދަލު ހިފުމުގެ ރަތް ދިދަ ނަގައިފި
އީރާނުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލައިފި، ނާކާމިޔާބު ކޮށްލުމުގައި އިޒްރޭލު
އިޒްރޭލަށް ޚާމަނާއީގެ އިންޒާރު: ތި ތައްޔާރުވީ އަމިއްލަ ނެތިދިއުމަށް، ހަރުކަށި އަދަބެއް