ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ހަގީގަތް އެނގިވަޑައިގެން ތިއްބަވައިގެން ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާންޖެހޭނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާ ހަތް ރަށް އިއުލާން ކުރުމުން އެކަމަށް ފާޑުވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައި މިވާ ސަބަބު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.
އަދި އެފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އާބަން ސެންޓަރުގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަގުސަދަކީ ލާމަރުކަޒީ ނިޒާމުން ރަށް ރަށް ހިންގުމުގެ ނިޒާމުން އެ ރަށްތައް ވަކިކޮށް މާލޭން ހިންގަން ފެށުން ކަމުގައިވެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދަށް ނުސީދާކޮށް ރައްދު ދެއްވައި އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެމެހެއްޓެނިވި ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރާނެ ކަމަށެވެ.
އޭގެ އިތުރަށް މާލެއިން އުތުރުން ތިން ރަށް އަދި މާލެއިން ދެކުނުން ހަތަރު ރަށް ތަރައްގީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށާއި އެކަންކަމަކީ ކުރިއަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްގީގެ މާސްޓާޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ހިޔާލާއި ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ގަސްދުކުރާ ކަންކަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

10 Comments
ގުޅުންހުރި
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް
ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަންވެސް ކޮމިޝަނެއް އުފައްދަން އާއިލާއިން އެދިއްޖެ
ރަސްމާލެ މަޝްރޫއު: އަހަރެއް ތެރޭ ހިއްކާ ނިމުނީ 10 ޕަސެންޓް!
ހިމާޔަތް ކޮށްފައިވާ ފިނޮޅެއްގައި އަލިފާން ގެންގުޅެ، އަޑުގަދަ ކުރުމުން 4 ލައްކަ
އަޅުގަނޑަކީ އެއްވެސް އިރަކު އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރި މީހެއް ނޫން: ރައީސް
އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެން، އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކު މުހިންމެއް