އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހެޅި ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ އަންގާރަ ދުވަހުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.
އިޒްރޭލުގެ މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އެ ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ފޮނުވުނީ މަހެއްހާ ދުވަސް ފަހުން މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ނަމަވެސް އެ ފަހުން އެ ބިލުގެ އެއްވެސް މަސައްކަތް ކޮށްފައެއް ނުވެ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ދަނީ އަމާޒުކުރަމުންނެވެ.
ބިލުގެ މައްސަލައިގައި 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މީޑިއާތަކަށް ވިދާޅުވީ އަންގާރަ ދުވަހަށް ތާވަލުކޮށްފައިވަނީ އެ ބިލާ މެދު ކޮމިޓީގެ މަސައްކަތް ފަށާފައި ނިންމާނެ ތާރީހެއް ކަނޑައަޅުން ކަމަށެވެ. އަދި އެ މައްސަލައިގައި ކަމާ ގުޅޭ އިދާރާތަކުން ދެކޭ ގޮތުގެ ހިޔާލު ހޯދުމާއި އިދާރާތަކުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ފަސް މަސް ފަހުން ފަށަން ތާވަލުކޮށްފައި މިވަނީ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ވަގުތެއްގަ އެވެ.
އެ ފާޑުކިޔުންތައް އަމާޒުކުރަމުން ދަނީ ކޮންމެ ޖިންސެއް ވިޔަސް، ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ރީތި ނަމެއް ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް ދެ ޖިންސު މަސްހުނިވެގެން ރާއްޖޭގައި ބޮޑީބިލްޑިންގެ ބައިނަލްއަގުވާމީ މުބާރާތެއް ކުރިއަށްދާތީ އެވެ.

3 Comments
ގުޅުންހުރި
ނެޓްފްލިކްސްގެ ރަސްކަމުގައި ސައްޔާރާ, ރާއްޖޭގެ ޓްރެންޑިންގެ އެއްވަނަ ވެސް ހޯދައިފި
މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާއިން
ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް
ދިޝާގެ ގެއަށް ބަޑި ޖެހި މީހުންނަށް ގައްޑާމީއެއް ނުވެވުނު، ފުލުހުންގެ އަތްދަށުވެ
ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގައި ހިމެނޭ 340 ޒުވާނުން ތަމްރީނަށް ފުރައިފި