އެ މަނިކުފާނަކީ މަވެތިކަމާއި އަމިއްލަ ހުރިހާ މަސްލަހަތެއް އިސްކުރާ ކަހަލަ ސިޔާސީ މީހެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ ސިޔާސީ މީހެއް ނޫން ކަމަށް ބުނާ ކަމަށެވެ. ނަމަވެސް ސިޔާސީ މީހަކަށް ނުވަތަ ވެރިއަކަށް ވުމަކީ އަމިއްލައަށް ބޭނުންވާ ގޮތް އިސްކޮށް، ރައްޔިތުން މަތިން ހަނދާން ނައްތާލުންތޯ ރައީސް އެއްސެވި އެވެ.
”ބައެއް މީހުން ބުނޭ އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނޭ. ސިޔާސީ މީހަކަށްވުމަކީ ތިމަންނަ ބޭނުންވާ ގޮތް އިސްކޮށް، މަވެތިކަން އިސްކޮށް، ރައްޔިތުން މަތިން ހަނދާން ނައްތާލައި، އޭނަގެ ހުރިހާ މަސްލަހަތެއް އިސްކުރުން ކަމަށްވާ ނަމަ އެކަހަލަ ސިޔާސީ މީހަކަށް ވާކަށް ބޭނުމެއް ނޫން. ފަހުރުވެރިކަމާއެކު މިއީ އެކަހަލަ ސިޔާސީ މީހެއް ނޫން،“ ރައީސް ވިދާޅުވި އެވެ.




37 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި