ހުޅުމާލޭގައި ކާރެއްގެ ތެރޭގައި ފިރިހެނަކު ރަހީނުކޮށް، އަނިޔާކޮށް ފައިސާއަށް ޑިމާންޑްކުރި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މާލެ، ދަފްތަރު ނަންބަރު ރސ. 9022 (37އ) އެވެ.
ފުލުހުން ދެންމެ ބުނީ، އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް، ބިރުދައްކައި އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރި މައްސަލައާ ގުޅިގެން ކަމަށެވެ.
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައި އަނިޔާކުރި އިރު، ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގެ ތެރޭގައިވެސް ފިރިހެނަކު ރަހީނުކޮށް އޭނާގެ އިނގިލިތައް ބުރިކޮށްލަން އުޅުނު މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ގޭންގަކަށް ނިސްބަތްވާ 12 މީހަކު ހައްޔަރުކޮށްފަ އެވެ.

9 Comments
ގުޅުންހުރި
މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ވީއައިއޭ އަށް 59 އަހަރު ފުރުން ފާހަގަކުރަން 59 ފޫޓުގެ ކޭކެއް
ރައީސްގެ ފަރިއްކޮޅަށް އެންމެ ދުވަހަކަށް 9،000ރ. ހަރަދުކުރި ވާހަކަ ދޮގުކޮށްފި!
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތަށް ބޮޑު ތަރުހީބެއް، ސްޕޮންސާ ކުރުމަށް
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ