ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ މުށު ތެރެެއަށް ހުރިހާ ބާރެއް ޖަމާކުރަމުންދަނީ 2028 ގައި ބާއްވާ ރިޔާސީ އިންތިހާބު ފޭރިގަތުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަަވަމުން ސޯލިހު ވިދާޅުވީ މިނިވަން މުއައްސަސާތަށް ކަމަށްވާ އޭސީސީއާއި އީސީގެ މެންބަރުން ވަކިިކޮށް، އެ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެއީ ބިރުވެރިކަމެއްގެ ތެރެއަށް ރާއްޖެ ގެންދިޔުން ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
”ދެބޭފުޅެއް ވަކިކުރަން މަޖިލީހަށް އެއޮތީ ހުށަހަޅާފަ. އޭސީސީގެ މެންބަރެއް ވަކިކުރަން އެއޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ. ބޭނުމަކީ ކޮބާތޯ. ބާރުތައް ޖަމާކޮށް ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރިގުކޮށް، ފޭރިގަތުން،“ ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ސަރުކާރުގެ އެފަދަ ރޭވުންތަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެކަމާ ދެކޮޅަށް މިއަދު ނުތެދުއްވެނަމަ ރިޔާސީ އިންތިހާބު އަންނައިރު އިދިކޮޅު ފަރާތްތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ މި ރޭވުމަށް އިދިކޮޅުން ފުރުސަތު ދީގެން ނުވާނެ ކަމަށާއި މިއަދު އިދިކޮޅުން ތެދު ނުވެއްޖެ ނަމަ ޖެހިގެން އޮތް ރިޔާސީ އިންތިހާބު އަންނައިރު އިދިކޮޅަށް އެއްވެސް ކަމެއް ނުކުރެވޭ ވަރަށް ބާރުތައް ޖަމާކުރާނެ ކަމަށްވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.
މީގެ އިތުރުން ސޯލިހު ވިދާޅުވީ މިއަހަރުގެ ބަޖެޓު މި ސަރުކާރުން އެއްކޮށް ހުސްކޮށްލައިފައިވާއިރު ބަޖެޓް ހަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށެވެ.
އެގޮތުން، 49.8 ބިލިއަންގެ ބަޖެޓު ހުސްވެގެން، އިތުރު ފަސް ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ހުށަހެޅި އިރު، ރަށެއްގައި ހިންގި މަޝްރޫއެއް، ކުރި މަސައްކަތެއް އަދި ދެއްކި ލޯނެއް ވެސް ފެންނަން ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.




3 Comments
ގުޅުންހުރި
ސޯލިހާއި ނަޝީދު އަދި ފައްޔާޒްގެ އަރައިރުންގަނޑެއް
އިންތިހާބު ކާމިޔާބުވާނެކަމުގެ މަންޒަރު ދެއްކުމުން، ސޯލިހަށް މުޅިން ”ހަރާބުވި“: ނަޝީދު
ޗެއާޕާސަން ފައްޔާޒްގެ ފަހު ބަސް: ހިތަށް ވީ ތަދުގެ ބަދަލު ހޯދަން
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
ސާޖިދާއަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓު
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ