ހުޅުމާލޭގައި އެޑްވެންޗާ ޕާކެއް ހަދަން ނިންމައި، އެކަން އިއުލާންކޮށްފި އެވެ.
އެ މަޝްރޫއު އިއުލާން ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 15 މަޝްރޫއު އިއުލާން ކުރުމަށް ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
’އައިލް އެޑްވެންޗާ ޕާކު’ގެ ނަމުގައި ހަދާ އެ ޕާކަކީ އެޗްޑީސީން ބުނި ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ ރޭސިން ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް ހަދާ ޕާކެކެވެ.
އެނގިފައިވާ ގޮތުގައި އެ ޕާކު ހަދަން ނިންމާފައިވަނީ ހުޅުމާލޭ އިރުމަތީ ފަރާތުގައި ވޯޓާ ތީމު ޕާކެއް ހަދަން ދީފައި އޮތް ސަރަހައްދާ ދިމާލަށް އޮތް ފަޅުގެ ސަރަހައްދު ހިއްކައިގެންނެވެ.
އެޗްޑީސީން ބުނި ގޮތުގައި، ބީޗަށްވެސް ފޭބޭ ގޮތަށް ހަދާ އެ ޕާކުގައި ކުދި ފިހާރަތަކާއި ފުޑް އެންޑް ބެވެރޭޖް އައުޓްލެޓްތައް އަދި އޮން ސައިޓް ހޮޓެލް ސާވިސަސް ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ލޯކަލް ޓޫރިޒަމް ރަނގަޅު އަސަރެއްކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ބުންޏެވެ.




31 Comments
ގުޅުންހުރި
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް
ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ދޫކޮށްފި