ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމުގެ ގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.
މި 400 މިލިއަން ޑޮލަރަކީ މިދިޔަ މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމްއެމްއޭ އާއި އިންޑިއާގެ ރިޒާވް ބޭންކާ ދެމެދު ސޮއިކުރި 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ އެގްރީމެންޓްގެ ދަށުން ނެގި ފައިސާއެކެވެ.
އެގޮތަށް ނަގާ ފައިސާ އާންމު ގޮތެއްގައި ބޭނުން ކުރަނީ ބޭރުގެ ބޭންކުތަކުގައި އިންވެސްޓް ކުރަން ނަމަވެސް އެމްއެމްއޭ އިން އިއްޔެ ބުނީ، އާރްބީއައި އިން ނެގި ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އެއީ އެ އިންވެސްޓްމަންޓުން ލިބޭ ނަފާ ވީހާވެސް ބޮޑުކުރުމާއި މާލީ ދާއިރާގެ ކުރިއެރުމާއި ހަމަޖެހުމަށް މަގުފަހިކޮށް ދިނުމަށް ކަމަށްވެސް ބުންޏެވެ.
ކަރެންސީ ސްވޮޕް ފެސިލިޓީ އާއެކު ރަސްމީ ރިޒާވް ވަނީ 614.6 މިލިއަން ޑޮލަރަށް އަރައިފައެވެ. އެމްއެމްއޭ އިން ނެރެފައިވާ ސްޓެޓިސްޓިކްސްގައިވާ ގޮތުން، މި އަދަދަކީ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިޒާވްގައި ހުރި 371.2 މިލިއަން ޑޮލަރަށްވުރެ 243 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
ރަސްމީ ރިޒާވް އިތުރުވީ ނަމަވެސް، ޔޫސަބަލް ރިޒާވްގެ އަދަދުގެ ގޮތުގައި ފެންނަނީ 31.5 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ.




5 Comments
ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ
20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި