އިންޑިއާގެ ހޮސްޕިޓަލެއްގެ ނިއޯނޭޓްލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ރޯވެ، ތުއްތު 10 ކުއްޖަކު މަރުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގީ ވެރިރަށް ނިއު ދިއްލީގެ ދެކުނުން ގާތްގަނޑަކަށް 450 ކިލޯމީޓަރު ދުރުގައި ހުންނަ އިންޑިއާ ސަރުކާރުން ހިންގާ ޖާންސީގެ މަހާރާނީ ލަކްޝްމީބާއީ މެޑިކަލް ކޮލެޖުގަ އެވެ. އެ ހާދިސާ ހިނގި ކަމަށް ބެލެވެނީ އެންއައިސީޔޫ އިން ޝޯޓް ސާކިޓެއް ވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އުފަންވީތާ އެންމެ ދުވަހެއް ވެސް ނުވާ ތުއްތު ކުދިން ތިބި ޔުނިޓްގައި ރޯވި އަލިފާނުން އެތަނުގެ އެނދުތަކާއި މެޝިންތައް ވެސް ހުރީ އަނދައިފަ އެވެ. ސަލާމަތްކުރެވުނު ކުދިން އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާއިރު، އޭގެ ތެރެއިން16 ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
”ތުއްތު 10 ކުއްޖަކު ވަނީ މަރުވެފައި. މީގެ ތެރެއިން ހަތް ކުއްޖެއްގެ ހަށިގަނޑު ވަނީ ދެނެގަނެވިފައި. އަނެއް ތިން ކުދިން އަދި ކަށަވަރެއް ނުކުރެވޭ،“ އުއްތަރް ޕްރެދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕަތަކް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިތުޔަނާތު ވަނީ މަރުވި ކުދިންގެ އާއިލާތަކަށް 500،000 ރުޕީސް (5،900 ޑޮލަރު) ގެ ބަދަލެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.




ގުޅުންހުރި
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!