ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިގަ ’ގެދޮރުވެރިޔާ‘ ސްކީމުގެ ދަށުން ފުލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓު މި ހަފުތާގައި ނެރޭނެ ކަމަށް ބުނި ނަމަވެސް އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ލިސްޓު ނުނެރޭން ނިންމައިފި އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.
އެއަށްފަހު މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް އެ މައްސަލަ ބަލަން ފެށިއެވެ. އަދި އެކަން ނިމި މިދިޔަ ހަފުތާގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެ ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މިހާރުގެ ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު އޮތީ ވިދާޅުވެފައެވެ.
މިދިޔަ ހަފުތާ ނިމެމުންދިޔައިރުވެސް ލިސްޓު ނުނެރޭތީ، މިދިޔަ ބުރާސް ފަތިދުވަހު ބޭއްވީ ނިއުސް ކޮންފަރެންސްގެ ތެރެއިން ފްލެޓް ލިސްޓާ ބެހޭގޮތުން މީޑިއާއަކުން މިނިސްޓަރާ ސުވާލު ކުރުމުން، ވިދާޅުވީ ހަފުތާ ނިމުމުގެ ކުރީ ދުވަހު ލިސްޓް އިއުލާން ކުރައްވާނެ ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން އެ މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
”“ގެދޮރުވެރިޔާ“ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާތީ، މި ސްކީމުގެ ވަގުތީ ލިސްޓާއި ރީ އިވެލުއޭޝަން އާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފްސީލްތައް މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އާއްމު ކުރާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.“ ނޫސް ބަޔާނުގައި މިނިސްޓްރީން ބުނެފައިވެއެވެ.
އެ މަސައްކަތަކަށް އިތުރު މުއްދަތު ދިޔަކަމަށް ވިޔަސް ސަރުކާރުގެ މަގުސަދަކީ ފްލެޓް ހޯދަން ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމާއެކު، ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިންނަށްކަން ޔަގީން ކުރުން ކަމަށްވެސް ބުނެފައިވެއެވެ.

45 Comments
ގުޅުންހުރި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އެކުލަވާލައިފި
ކުށުގެ އަމަލުތަކަށް އަރައިގަންނަ ސަރަހައްދުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވެއްޖެ
ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ބޮޑު ސްކޭމެއް، 2.9 މިލިއަން ރުފިޔާގެ ގެއްލުން
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް
2026 އަށް މަޖިލީހަށް ބަޖެޓް ކަނޑައެޅުމުގެ ބައްދަލުވުން ސިއްރުކޮށްފި