ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ޑޮލަރުން ލިބޭ އާމްދަނީން މިންވަރެއް މާރުކުރަންޖެހޭ ގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހެދި ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރަމުންދާ ނަމަ ރާއްޖެއިން ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑަޮލަރު ގަންނަން ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 1970ގެ ފަހުކޮޅުން ފެށިގެން އަމިއްލަ ގޮތުން ޓޫރިޒަމް ވިޔަފާރި ފައްޓަވައި އެ ދާއިރާ ކުރިއަށްގެންދެވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ގައުމަށާއި ރައްޔިތުންނަށް ހެވެއް ނޭދޭ ސިޔާސީ ލީޑަރުން އެ ބޭފުޅުންގެ ނާޖައިޒު ފައިދާ ނެގުމަށް ފުރުސަތު ނުދެއްވައި، ރައްޔިތުންގެ ފަޅިއަށް އައުމަށް އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ލިބޭ 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަންވާއިރަށް ކްރެޑިޓް ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.
”ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،“ ރައީސް ވިދާޅުވި އެވެ.
އެކަަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިފަަދަ މަންފާތަކެއް ރައްޔިތުންނަށް ހޯދައިދިނުމަށް އެކުލަވާލި ގަވާއިދެއް ބަދަލެއް ނުކުރައްވާނެ ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އެކުލަވައިލާފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދު ތަންފީޒުކުރަން ފަސޭހަކުރުމަށްޓަކައި ހާއްސަ ފޮރެކްސް ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”ވަރަށް ސާފުކޮށް މި ދަންނަވަނީ މި ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ. މިއީ ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް ކުރާ ކަމެއް.،“ ރައީސް ވިދާޅުވި އެވެ.

35 Comments
ގުޅުންހުރި
އައްޑޫގައި މަސްވެރިކަމުގެ ލޮޖިސްޓިކް ހަބެއް ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކަށް
އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ 2
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރަން ފަށައިފި
މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ 41500 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި
މީޑިއާ މިނިވަންކަން ހަނިކުރާ ބިލަކީ ރިޔާސީ ދައުރު ދަންމާލުމުގެ ފުރަތަމަ ފިޔަވަޅު:
ލޯނު ދެއްކުމަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް ހަރަދުކޮށްފި