ސިނގެރޭޓާއި ބިޑީގެ ޑިއުޓީ ރޭޓް ބޮޑުކުރަން ނިންމީ ނާޖާއިޒު ފައިދާއެއް ނަގައިގެން އާމްދަނީ ހޯދަން ނޫން ކަމަށާއި ރައްޔިތުން ދެކެ ލޯބިވާތީ އެކަމާ ދުރަށް ގެންދިއުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ސިނގިރޭޓާއި ބިޑީގެ ޑިއުޓީވެސް 25 ޕަސެންޓުން 50 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާ އެވެ. އޭގެ އިތުރުން ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ވޭޕް މަނާކޮށް ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރަން އެ މަނިކުފާނު ނިންމެވީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެއީ އެހާ ގިނަ ރައްޔިތުން ދެވި ހިފާފައި އޮތް ކަމަކުން ނާޖާއިޒު ފައިދާ ނަގައިގެން ދައުލަތަށް އާމްދަނީ ހޯދަން ކުރެއްވި ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
”…ނޫން. އެޔެއް ނޫން އަޅުގަނޑުގެ ނިޔަތަކީ އަދި ސަރުކާރުގެ ނިޔަތަކީ. އަޅުގަނޑުމެން ބޭނުންވަނީ މިކަމުން ރައްޔިތުން ދުރަށްވަޑައިގަންނަވަން. ސިއްހަތަށް މިއީ ވަރަށް ގެއްލުންހުރި ކަމެއް.. އަޅުގަނޑަށް އެނގޭ ވަރަށް އުދަނގޫވާނެކަން. އަދި ގިނަ ރައްޔިތުން މިކަމާ ނުރުހޭނެކަންވެސް އަޅުގަނޑަށް އެނގޭ. އެކަމަކު ރައްޔިތުން ދެކެ ލޯބިވާތީ، ރައްޔިތުންނަށް ހެޔޮ ގޮތް އެދޭތީ އަޅުގަނޑު ބޭނުންވީ މިކަމަކީ ރައްޔިތުން ދުރަށްވަޑައިގަންނަވާ ކަމަކަށް ހެދުމަށް.“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ، ސަރުކާރުން މި ގެނައި ބަދަލު ރައްޔިތުން ބަލައިގަތުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ މަނިކުފާނު އެކަން ކުރެއްވީ ހެޔޮ އެދިގެން ރައްޔިތުން އެކަމާ ދުރަށް ގެންދިއުމަށް ކަމަށްވެސް ވިދާޅުވި އެވެ.

38 Comments
ގުޅުންހުރި
މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިއްޖެ،
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ކުއްލި ގޮތަކަށް މަރުވި ކޫބެއަކީ އިރަމްގެ ފިރިމީހާ، ކައިވެންޏަށް އަދި އަހަރެއް
ފުވައްމުލަކުގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު މަރުވެއްޖެ
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް