އަންނަ އަހަރު ތެރޭގައި މާލެ ސަރަހައްދުގައި 15،00 ހައުސިން ޔުނިޓް އަދި އަތޮޅު ތެރޭގައި 12،940 ހައުސިން ޔުނިޓް ހަދަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށާއި އެކަމަށްޓަކައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ. އެއީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން ހިމަނާފައިނުވާނެވަރުގެ އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބަޖެޓުގެ ތެރެއިން އަންނަ އަހަރު މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އަދި އަތޮޅު ތެރޭގައި 41 ރަށުގައި 12،940 ހައުސިން ޔުނިޓް ހަދަން ފަށައި، މި ދައުރުގެ ތެރޭގައި އެ ތަންތަން ނިންމައި ހަވާލު ކުރައްވާނެ ކަމަށެވެ.
މި އަދަދުތައް ރައީސް އިއުލާން ކުރެއްވި އިރު، އެ މަނިކުފާނުގެ ސަރުކާރުގެ އެންމެ ބިޔަ އެއް ޕްރޮޖެކްޓް ރަސްމާލެ ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓް ހަދާނެ ވަނީ ވިދާޅުވެފައެވެ.

22 Comments
ގުޅުންހުރި
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ
ޔުމްނު ވެއްޓުން: ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
މިއަދު މި ދެކެނީ މާ އުފާވެރި ވެރިކަމެއް: ނާޒިމް
އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި
ސީޕީގެ މަގާމަށް ނަވީން އައްޔަންކޮށްފި