ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލިސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން މިއަދު ހަވީރު ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ތާވަލުކޮށްފި އެވެ.
މަޖިލީހުން އެ ޖަލްސާ ތާވަލުކޮށްފައިވަނީ 5:30 ގައި ބާއްވާ ގޮތަށެވެ.
އެ ޖަލްސާގެ އެޖެންޑާގައި އޮތީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅުއްވާފައިވާ އިސްލާހާ މެދު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިިޕޯޓު އިއްވުމެވެ. އެއަށްފަހު އެ އިސްލާހު ފާސްކުރުމާ މެދު ގޮތެއް ނިންމާނެ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އޮތީ މައިގަނޑު ހަތަރު ކަމެކެވެ. އެ ގޮތުން ފުރަތަމަ ހިމަނާފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމެވެ. އަދި, މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށެވެ.
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުން
މި އިސްލާހުގެ ދަށުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހިމަނާފައިވަނީ އާ ދެ ހާލަތެކެވެ.
އެއީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުުމެވެ.
ރައީސަށް އިތުރު ބާރެއް
މި ބިލުގައި ދެން ހުށަހަޅާފައިވަނީ ގާނޫނު އަސާސީގައި ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރެއަށް މާއްދާއެއް އިތުރުކުރުމެވެ.
އެގޮތުން ރައީސަށް އަލަށް ދޭ ބާރަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުމެވެ.
އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން ތިބުން
ގާނޫނު އަސާސީއަށް އިތުރުކުރާ މި މާއްދާގެ ދަށުން ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންނެވެ. ނަމަވެސް، އަސްކަރީ ނޫން ހަރަކާތްތަކުގައި އަދި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ރާއްޖޭގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ އެވެ.




2 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން