އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު“ އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މަސައްކަތް އަވަސްކުރަން ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލަން ޖެހުނީ އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ހެޔޮނިޔަތެއް ނެތުމުގެ ސަބަބުން ކަމަށް ޕީއެންސީން ބުނެފި އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ގަރާރު ބޭރުކޮށްލީ، ވެރިކަންކުރާ ޕީއެންސީ އާއި އެޕާޓީގެ ކޯލިޝަން ޕާޓްނާ ޕާޓީތައް ހިމެނޭހެން 63 މެންބަރުން ވޯޓުންނެވެ.
ގަރާރު ބޭރުކޮށްލުމަށްފަހު ޕީއެންސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީގެ ފަރާތުން ހުށަހެޅި އެ ގަރާރު ބޭރުކޮށްލީ ރަގަޅު ނިޔަތުގައި ހުށަހެޅި ގަރާރަކަށް ނުވެފައި، މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި ހުށަހެޅި ގަރާރަކަށް ވާތީ ކަމަށެވެ.
ޕީއެންސީން ބުނީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރި އަމަލުތައް ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކުރައްވައި، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށާއި، ގާޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާމެދު ޖަވާބުދާރީކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީން ބުންޏެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް އެކަމާ ގުޅޭ މާހިރުންގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންގޮސް، އެކުލަވައިލާފައިވާ ތާވަލާ އެއްގޮތަށް ނިންމާނެ ކަމަށް ޕީއެންސީން ބުންޏެވެ.
”ދިވެހިރާއްޖޭގައި މީގެ ކުރީން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރާކަން، ރާއްޖޭގެ ރައީސްކަން ކުރީން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންވެސް ދަނީ މީޑިއާގައި ފާހަގަކުރައްވަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ވެދިނީވެސް ޕީއެންސީން ސަރުކާރު ހިންގުމުގައި މި ހޭދަކުރި އެއް އަހަރުއެވެ.“ ޕީއެންސީގެ ބަޔާނުގައިވެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވިމި ގަރާރަކީ، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަަސައްކަތް އަވަސްކުރަން ގޮވާލަން ގަރާރު ހުށަހެޅިއިރު، އެ ބިލުގެ މަސައްކަތް އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ގައި ތާށީވެފައެވެ.




6 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ކައުންސިލު އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި