އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލާފައި ހުރި ހއ. ހޯރަފުށީ/ އަންދަލީބުގެ، ހާޝިމް އަބޫބަކުރު ޖަލުން މިނިވަން ކުރި ކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދޮގުކޮށްފި އެވެ.
އުމުރުން މިހާރު 57 އަހަރުގެ ހާޝިމްއަކީ އޭރު އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ދައުވާކޮށް، 20 ނޮވެމްބަރު 2022 ގައި 12 އަހަރަށް ޖަލަށް ލާން ހުކުމް ކުރި މީހެކެވެ. އޭނާ ހުކުމް ތަންފީޒު ކުރަމުންދަނީ ހުޅުމާލެ ޖަލުގަ އެވެ.
އޭނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފުދީ މިނިވަން ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށް ކަރެކްޝަންސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހާޝިމްއަކީ 2022 ވަނަ އަހަރުން ފެށިގެން އުނަގަނޑުގެ މައްސަލައެއް ހުރެ، އެކަމުގެ ވޭން ތަހައްމަލު ކުރަމުން އަންނަ މީހެއް ކަމަށެވެ.
އަދި އޭނާގެ ސާޖަރީ ރާއްޖޭން ކުރެވެން ނެތް ކަމަށް ޑޮކްޓަރުން ދެއްވި ލަފާގެ މަތިން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމުމާއެކު އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ 5 އޮގަސްޓް 2024 ގައި ދީފައިވާ ކަމަށާއި ބޭސްފަރުވާ ހޯދުމަށްފަހު 16 ސެޕްޓެމްބަރު 2024 ގައި މާލެ އައިސްފައިވާ ކަމަށްވެސް ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ، އޭނާ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން، ޑޮކްޓަރު ދެއްވާފައިވާ ރެކަމެންޑޭޝަންއާ އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ ކަމަށެވެ. އަދި އޭނާ ގޭ ބަންދަށް ބަދަލުކުރި ނަމަވެސް އޭނާ މޮނީޓާކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.




3 Comments
ގުޅުންހުރި
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ
އެއް ކޮޓަރި ފުލެޓު ދޫކޮށްލުމުން، ތިން ކޮޓަރިއަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު