ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ތ. ކަނޑޫދޫ ދާއިރާއަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށި ފަޅާލައިފި އެވެ.
އެ ހަމަނުޖެހުން ހިންގާ ވީޑިއޯ އަދި ވޯޓު ފޮށި ފަޅާލާ މަންޒަރު ފެންނަ ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ.
އެ ވީޑިއޯއިން ފެންނަނީ މީހަކު ދުވެފައިގޮސް ވޯޓު ފޮށްޓާ އަރައިހަމަވުމާއެކު، އެހެން މީހަކު އައިސް އޭނާ ހިފަހައްޓަން މަސައްކަތްކުރާ މަންޒަރެވެ. އެ ދެ މީހުން ވެސް އޮޅުލައިގަނެގެން ގޮސް ބިންމައްޗަށް ވެއްޓޭ މަންޒަރު އެ ފެނެއެވެ. ފަހުން އޭގެ ތެރެއިން އެކަކު ވޯޓު ފޮށި ފަޅައިލާ މަންޒަރު ފެނެ އެވެ.
އެނގިފައިވާ ގޮތުގައި މިހަމަނުޖެހުން ހިނގީ ވޯޓާސް ލިސްޓުގައި ނެތް ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިންކަމުގެ ތުހުމަތުގަ އެވެ. އެކަމާ ގުޅިގެން ހަމަނުޖެހުން ހިންގައި ވޯޓު ފޮށި ފަޅާލުމުން ވެސް ވޯޓުލުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00އިން މެންދުރު ފަހު 14:00ގެ ނިޔަލަށެވެ.
ޖުމުލަ 1984 މަގާމަށް މީހުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި 648 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެތެރެއިން 1300 މަގާމަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ އެ 1300 މަގާމަށް ވަނީ އިންތިޚާބަކާ ނުލައި މީހުން ހޮވިފަ އެވެ.
މި އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 33،500އަށް އަރައެވެ.




6 Comments
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
ވައްޑެ، ރައީސް މުއިއްޒަށް: 8 ކުލާސްރޫމް ހެދުމަކީ އަދި 8 މަޝްރޫއު
ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް އެހުރީ ހުހަށް:
ރޯދަ މަހު ކަރަންޓު ބިލަށް ނަގާނީ ގިނަވެގެން 400 ރުފިޔާ: ރައީސް
ޕީއެންސީގެ ”ފައުޖު“ މާލެ ގެނެސްފި، ޔާމީން ވެސް މިރޭ ޖަލްސާއެއް ބާއްވަނީ
ޕީއެންސީގެ ޖަލްސާއިން މުޅި ރާއްޖެ އޮތް ގޮތް، ރައްޔިތުންގެ ފިކުރު ސާފުވާނެ: