ޖުލައި 4, 2025

ރައީސް ވިދާޅުވީ އެންމެ އިސްކަންދޭ އެއްކަމަކީ ރާއްޖެ ޑުރަގުން އެއްކޮށް ސަލާމަތްކުރުން ކަމަށް

އެންމެ އިސްކަންދޭ އެއްކަމަކީ ރާއްޖެ ޑުރަގުން އެއްކޮށް ސަލާމަތްކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖެއަށް ވަދެ އުޅުނު ސްރީ ލަންކާގެ އުޅަނދަކުން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ޑުރަގްސް އަތުލައިގަތުމުން އެކަން ފާހަގަކުރައްވައި، އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން އެ ދާއިރާ އިން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

”ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް،“ އެ މަނިކުފާނު ވިދާޅުވި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ލަންކާގެ އެ ބޯޓު އަތުލައިގަތީ އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހދ. މަކުނުދޫގެ ބޭރުން ރޭ ދަންވަރު 12:45 ހާއިރެވެ. އަދި އެ ބޯޓުގައި ތިބީ ލަންކާގެ ފަސް ފިރިހެނުން ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ ބޯޓު މިއަދު ހެނދުނު ހދ. ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކުރުމުން ޖުމުލަ 468.6 ކިލޯގެ ޑުރަގް ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ މެތްއާއި 124.6 ކިލޯގެ ކޮކެއިން ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ބުންޏެވެ.

2 Comments

  • Ammadey Abraham ނޮވެމްބަރ 24, 2024

    Enme is kamakah kuran kuran vee kamakee amaa gaathu ahaigen bafaa yageen kuranvee

  • Noo Ali ޑިސެމްބަރ 2, 2024

    Thihen kiyaafa erihaa veriyeh dhauru nimiigen hingajjé .. anburai naadhey

Leave a Reply to Noo Ali Cancel reply