ލ. މާމެންދޫގައި ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑިފައި އޮންނަތާ ދެ ދުވަސް ވެއްޖެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
މާމެންދޫގެ ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑުނީ 400 ކިލޯވޮޓްގެ ދެ ޖެނެރޭޓަރު ހަލާކުވުމުގެ ސަބަބުންނެވެ. އޭގެ ތެރެއިން އެއް ޖަނަރޭޓަރު ދުވަސްކޮޅެއް ކުރިން ހަލާކުވި އިރު، އަނެއް ޖަނަރޭޓަރު ހަލާކުވީ ދެ ދުވަހެއް ކުރިންނެވެ. އެ ދެ ޖެނެރޭޓަރު ހެދުމުގެ މަސައްކަތް އެ ރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.
ގާތްގަނޑަކަށް 700 މީހުން ދިރިއުޅެމުން އަންނަ މާމެންދޫގެ ކައުންސިލުގެ ރައީސް ހަސަން ރަމީޒު މީޑިއާއަކަށް ވިދާޅުވީ ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑުމުން ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.
”މައްސަލަ އަވަހަށް ހައްލުކޮށް ދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި އަޅުގަނޑުމެން މިދަނީ ބުނަމުން. ދިމާވި މައްސަލަ ހައްލުކުރަން ފެނަކައިން ވެސް މަސައްކަތް އެބަ ކުރޭ،“ ހަސަން ރަމީޒު ވިދާޅުވި އެވެ.
ނަމަވެސް މައްސަލަ ހައްލުކުރެވި، ކަރަންޓާއި ފެނުގެ ހިދުމަތް ދެވެން ފެށޭނެ ވަގުތެއް ނޭނގޭ ކަމަށްވެސް ރަމީޒު އެ މީޑިއާއަށް ވިދާޅުވެފައިވެ އެވެ.




1 Comment
ގުޅުންހުރި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ
ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް
ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލެ އިންޖީނުގެއަށް އިތުރު ޖެންސެޓެއް!