ތަދުކަނޑުވަން ކުޑަކުދިންނަށް ދޭ ސިރަޕެއްގައި ނުރައްކާތެރި ދެ ކެމިކަލެއް ހުރުމުން އެ ބޭސް ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އެލާޓުގައި ބުނީ ރާއްޖޭގެ މާކެޓުގައި ހުންނަ ބޭހުގެ ފެންވަރު ބެލުމަށް ސްކްރީން ކުރިއިރު، ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއް ޑައިތީލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ފެނިފައިވާ ކަމަށެވެ.
އެ ކެމިކަލް ފެނިފައިވަނީ ޕާކިސްތާނުގެ އެފްރޯޒާ ކެމިކަލް އިންޑަސްޓްރީގައި އުފައްދާ މެފްނެކް ސަސްޕެންޝަން ސިރަޕާއި އަދި މެލޭޝިޔާގެ ކޮޓްރާ ފާމާގެ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން ސިރަޕުންނެވެ.
އެ އިދާރާއިން ބުނީ އެ ދެ ބޭހުގެ ތަހުލީލުތައް އިތުރަށް ޔަގީން ކުރުމަށް ޓެސްޓު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ވަކި ގޮތެއް އަންގަންދެން އެ ދެ ބޭހުގެ އެއްވެސް ބެޗެއް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ބޭސް ފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި އެ ދެ ބޭސް، އެހެން ބޭސްތަކާ ވަކިކޮށް ބެހެއްޓުމަށް ވެސް ވަނީ އަންގައިފަ އެވެ.
ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް އަކީ އިންޑަސްޓްރިއަލް ކެމިކަލެކެވެ. މި ދެ ކެމިކަލް ހުރި ބޭސް ބޮއެގެން އިންޑޮނީޝިއާގައި 368 ކުދިން އަދި ގެމްބިއާގައި 70 ކުދިން މަރުވި އެވެ. އެއާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސަމާލުކަމަށް މިކަން އައިސް، މިދިޔަ އަހަރު ތަހުގީގުތައް ފެށި އެވެ.

13 Comments
ގުޅުންހުރި
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެރމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ
ސޭފް ހޯމް އަޅަން 31.5 މިލިއަން ރުފިޔާ ހުޅުމާލެއިން ބިމެއް ގަނެފި
އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން މަސައްކަތްކުރަންޖެހޭ: ހުތުބާ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ