ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް، ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވާހަކަދެއްކެވި ކަމަށް ބުނެ ނަސޭހަތް ދީފި އެވެ.
ގައްދޫ ކައުންސިލްގެ މެންބަރު ”ހަފްތާ“ އަށް މިއަދު ބުނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ރައީސް މުއިއްޒަށް ނިސްބަތްވެވަޑައިގަންނަވާ ގޮތަށް ”ހަޑިހުތުރު“ ބަހުން ކައުންސިލްގެ ރައީސް ވަޓްސްއެޕް ގްރޫޕެއްގައި ވާހަކަދެއްކެވި ކަމަށް ބުނެ، އެ މައްސަލައިގައި ފިޔަވަޅު އަޅަން އަންގައި އަތޮޅު ކައުންސިލަށް ސިޓީއެއް ފޮނުވައިފައި ކަމަށެވެ.
ކައުންސިލްގެ ރައީސް އެ ވާހަކަ ދެއްކެވީ ރަށުގައި ހުންނަ ސަރުކާރު އޮފީސްތަކުގެ އިސްވެރިން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
އެ މައްސަލަ ހިނގައިދިޔަ ގޮތް ކިޔައިދެމުން އޭނާ ވިދާޅުވީ އެ މައްސަލަ ފެންމަތިވީ އެ ރަށުގެ ޕްރީ ސުކޫލު ހަދަން ހުއްދައަށް އެދުނުތާ ހަ މަސްވެގެން ދިޔައިރު ވެސް، ސަރުކާރުން ހުއްދަ ދޫކޮށްފައިނުވާތީ ރަށުގެ އިސްވެރިން ތިއްބަވާ ގްރޫޕުގައި ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ކަމަށެވެ.
ނަމަވެސް، ރައީސްގެ އަބުރުފުޅަށް ކައުންސިލް ރައީސް އަރައިގެންފައިވާކަން އެލްޖީއޭއިން މާނަކޮށްފައިވާ ގޮތެއް ސިޓީގައި ބުނެދީފައިނުވާ ކަމަށް އެ މެންބަރު ވިދާޅުވި އެވެ. އެހެންކަމުން އެ ކަމުގައި ކައުންސިލް ރައީސަށް ފިޔަވަޅު އަޅުއްވަން ނުޖެހޭ ކަމަށް ކައުންސިލުން ދެކޭ ކަމަށް ވިދާޅުވިއެވެ.
އެލްޖީއޭއިން ކައުންސިލްގެ ރައީސަށް ފިޔަވަޅު އަޅަން އެންގުމުން އަތޮޅު ކައުންސިލުން ވަނީ ނަސޭހަތްދީ ސިޓީއެއް ފޮނުވައިފައި ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
މިއީ ބަޔަކު ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ކުރި ކަމެއްކަމަށް އެ މެންބަރު ވިދާޅުވިއެވެ. އަދި މިއީ ފިޔަވަޅު އަޅާފަދަ ބޮޑު ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

1 Comment
ގުޅުންހުރި
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ
ތެލާއި ކާޑު ގެނައުމަށްވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޭން: ރައީސް
ޔޫކޭއަށް ރައީސް ކުރެއްވި ދަތުރުފުޅަށް ރައީސް އޮފީހުން ހަރަދުކުރީ 153،000 ރުފިޔާ
ދަތުރުފަތުރުގެ ދާއިރާގައި ހިނގާ އެކްސިޑެންޓުތައް ތަހުގީގުކުރަން ވަކި އިދާރާއެއް!
ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި
ރައީސްގެ ނަސޭހަތެއް: ދަރިވަރުންގެ ކަންކަމުގައި ޓީޗަރުންނާއި ބެލެނިވެރިން ފަރުވާކުޑަވެގެންނުވާނެ