އިދިކޮޅު އެމްޑީޕީން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައި، އެ ޖަލްސާގައި ބައިވެރިވުމަށް މުޅި ރާއްޖެއަށް ދައުވަތު ދީފި އެވެ.
އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ”ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުންގެ“ ނަމުގައި އެ ޖަލްސާ ބާއްވަން ނިންމާފައިވަނީ އިންސާނީ ހައްގުތަކުގެ ދުވަހާއި ގައުމީ މަސްވެރިންގެ ދުވަސް ވެސް ފާހަގަކުރާ ޑިސެމްބަރު 10 ގައި ކަމަށެވެ.
ޖަލްސާ ބާއްވަން ނިންމާފައިވަނީ މާލޭ ކާނިވާ ސަރަހައްދުގަ އެވެ. އެ ޖަލްސާ ވެގެންދާނީ މިދިޔަ އަހަރު ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީން ކާނިވަލުގައި ބާއްވާ ފުރަތަމަ ޖަލްސާއަށެވެ.
ވަހީދު އާންމު ކުރެއްވި ޕާޓީގެ އިއުލާނުގައި ބުނީ، އެ ޖަލްސާއަކީ ގިނަ ބައެއްގެ މަސައްކަތުން ހޯދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުން ދާތީ އެކަމާ ދެކޮޅަށް އަޑުއުފުލަން ބާއްވާ ޖަލްސާއެއް ކަމަށެވެ.
އިބުރޭގެ ފަހުން ވާހަކަ ދެއްކެވި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ހުރިހާ ޕާޓީއެއްގެ މެންބަރުންނަށްވެސް އެ ޖަލްސާއަށް ދައުވަތު ދެއްވައިފަ އެވެ. ހާއްސަކޮށް މަސްވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ޖަލްސާގައި ބައިވެރިވުމަށް ނާޒިލް އެދިވަޑައިގަތެވެ.




4 Comments
ގުޅުންހުރި
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ނައިބު ރައީސުންގެ އިނާޔަތަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން