އޭޕްރިލް 9, 2025

ރައީސް ނަޝީދަށް ގްލޯބަލް ސިޓިޒަން އެވޯޑް ލިބިވަޑައިގެންފި

އިންޓަނޭޝަނަލް ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އެޑްވައިޒަރީ ފާމު ހެންލީ އެންޑް ޕާޓްނާޒް އިން ދޭ ގްލޯބަލް ސިޓިޒަން އެވޯޑު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ލިބިވަޑައިގެންފި އެވެ.

ސްވިޒަލޭންޑުގެ އެންޖީއޯއެއް ކަމަށްވާ އަންޑަން ފައުންޑޭޝަނާ ގުޅިގެން ހެންލީ އެންޑް ޕާޓްނާޒް އިން ދޭ މި އެވޯޑަކީ އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކޮށް ބައިނަލްއަގުވާމީ މުޖުތަމައު ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.  އެ އެވޯޑް ހޮވުމުގެ މަރުހަލާ ބިނާވެފައިވަނީ ގްލޯބަލް ސިޓިޒަން އެވޯޑް ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަށެވެ.

މި އަހަރުގެ އެވޯޑު ނަޝީދަށް އަރުވާފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 18 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގަ އެވެ.

ހެންލީ އެންޑް ޕާޓްނާސް ފާމްގެ ޗެއާމަން ޑރ. ކްރިސްޓިއަން އެޗް ކައެލިންގެ އިސްނެންގެވުމުގެ މަތިން އެ އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އެ ފަހުން މި އެވޯޑް ދީފައިވަނީ ހަ ބޭފުޅަކަށެވެ. ނަޝީދަކީ މުޅި ދުނިޔެއިންވެސް އެ އެވޯޑް ލިބިވަޑައިގެންނެވި ހަތްވަނަ ބޭފުޅާ އެވެ.

ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކަކަށް ވާދަކުރެވޭ ގޮތަށް ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިހާރު ހުންނެވީ ރާއްޖޭގެ ސިޔާސީ މައިދާނުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގަންނަވައިގެންނެވެ.

އެ މަނިކުފާނު މިހާރު ދިރިއުޅުއްވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ގާނާ ގައެވެ.

3 Comments

  • Abdullah Mohamed ނޮވެމްބަރ 30, 2024

    Eh che neygey meehaku viyyaa
    dheefaane

  • Hussain Be ޑިސެމްބަރ 2, 2024

    ehen viema. B . ghaasim ah ves verikan beynunvaa fadhain eyna ah ves mikahala A word eh beynun vaane. ehen Noonie aharennaai dhimaalah bunaane kaleymen kanneiy kamunney aword nulibenie.

  • Noo Ali ޑިސެމްބަރ 2, 2024

    Ehcheh neyngey meehakah noon libifa ehuree akee !! Ehchehi inguneema émasehkathuga amalee gothun masehkaiyh kuraa beyfulheh veema libifa evanee ..
    Hajamu nukureveythee thiulhenee ..
    Hajamu nukurevenyaa fihthaala bala

Leave a Reply