އިންޓަނޭޝަނަލް ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އެޑްވައިޒަރީ ފާމު ހެންލީ އެންޑް ޕާޓްނާޒް އިން ދޭ ގްލޯބަލް ސިޓިޒަން އެވޯޑު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ލިބިވަޑައިގެންފި އެވެ.
ސްވިޒަލޭންޑުގެ އެންޖީއޯއެއް ކަމަށްވާ އަންޑަން ފައުންޑޭޝަނާ ގުޅިގެން ހެންލީ އެންޑް ޕާޓްނާޒް އިން ދޭ މި އެވޯޑަކީ އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކޮށް ބައިނަލްއަގުވާމީ މުޖުތަމައު ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. އެ އެވޯޑް ހޮވުމުގެ މަރުހަލާ ބިނާވެފައިވަނީ ގްލޯބަލް ސިޓިޒަން އެވޯޑް ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަށެވެ.
މި އަހަރުގެ އެވޯޑު ނަޝީދަށް އަރުވާފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 18 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގަ އެވެ.
ހެންލީ އެންޑް ޕާޓްނާސް ފާމްގެ ޗެއާމަން ޑރ. ކްރިސްޓިއަން އެޗް ކައެލިންގެ އިސްނެންގެވުމުގެ މަތިން އެ އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އެ ފަހުން މި އެވޯޑް ދީފައިވަނީ ހަ ބޭފުޅަކަށެވެ. ނަޝީދަކީ މުޅި ދުނިޔެއިންވެސް އެ އެވޯޑް ލިބިވަޑައިގެންނެވި ހަތްވަނަ ބޭފުޅާ އެވެ.
ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކަކަށް ވާދަކުރެވޭ ގޮތަށް ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިހާރު ހުންނެވީ ރާއްޖޭގެ ސިޔާސީ މައިދާނުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގަންނަވައިގެންނެވެ.
އެ މަނިކުފާނު މިހާރު ދިރިއުޅުއްވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ގާނާ ގައެވެ.

3 Comments
ގުޅުންހުރި
ގާނޫނޫ އޮތް ގޮތުގެ ސަބަބުން އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާބޭހެއް އެތެރެ
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް