ކޮންސެޕްޝަނަލް އާޓެއްގެ ގޮތުގައި، ފާރުގައި ޓޭޕުން ހަރުކުރި ދޮންކެޔޮވަށް ގަތް މީހާ، އެ ދޮންކެޔޮވަށް ކާލައިފި އެވެ.
އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓެލަންގެ އެ ކެޔޮވަކަކީ މިއާމީ ބީޗުގައި 2019 ވަނަ އަހަރު ކާބޯތަކެތީގެ އާޓަށް ހާއްސަކޮށްގެން ބޭއްވި އާޓް ބާސެލް ޝޯގައި ”ކޮމީޑިއަން“ ގެ ނަމުގައި ދައްކާލި ވަކެކެވެ.
ނިއު ޔޯކުގައި ބޭއްވި ނީލަމެއްގައި އެ ކެޔޮވަކުގެ ބީލަން 1.5 އާއި 1 މިލިއަން ޑޮލަރާ ދެމެދުން އަގު ފެށި ނަމަވެސް ކެޔޮވައް ވިކިފައިވަނީ 6.2 މިލިއަން ޑޮލަރަށެވެ.
އެ ކެޔޮވައް ގަތީ ޗައިނާއަށް އުފަން ކްރިޕްޓޯ ވިޔަފާރިވެރިއެއް ކަމަށްވާ ޖަސްޓަން ސަން އެވެ. އޭނާއަކީ ކްރިޕްޓޮމޯނީ އެކްސްޗޭންޖެއް ކަމަށްވާ ”ޓްރޯން“ އުފެއްދި މީހާ އެވެ.
އޭނާ އެ ދޮންކެޔޮވައް ކާލީ ހޮންގް ކޮންގްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގަ އެވެ.
އެ ކެޔޮވައް 6.2 މިލިއަން ޑޮލަރަށް ވިކުނުއިރު، އެ ކެޔޮވަކުގައި ވަނީ ތިން ފަހަރަށް ބަދަލުކޮށްފަ އެވެ. އެގޮތުން 2019 ވަނަ އަހަރު އެންމެ ފުރަތަމަ އެގޮތަށް ދައްކާލަން ބެހެއްޓި ފަހަރު ޕާފޯމަންސް އާޓިސްޓެއް ކަމަށްވާ ޑޭވިޑް ޑަޓޫނާ އެ ކެޔޮވައް ބަލަން ގޮސް ބަނޑުހައިވެގެން ކަމަށް ބުނެ އެ ކެޔޮވައް ކާލީ އެވެ.
ދެވަނަ ފަހަރަށް ހަރުކުރި ކެޔޮވައް ކާލީ ދެކުނު ކޮރެއާގެ ދަރިވަރެކެވެ. އެއީ މިދިޔަ އަހަރު އެވެ.




3 Comments
ގުޅުންހުރި
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!