ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ އަތުގައި އޮތް ހަލާލު އެއްޗެއް ސަރުކާރުން ފޭރިގަތުން ކަމަށް އެމްޑީއޭގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމަށް ސިޔާމު މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ފަތުރުވެރި ކަމަށް ސަރުކާރު ގެންނަ ބަދަލުތަކުގެ ނުރަނގަޅު އަސަރު އެ އިންޑަސްޓްރީއަށް ކުރަމުންދާ ކަމަށެވެ. ސިޔާމް ވިދާޅުވީ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
”އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން މީކީ 500 ޑޮލަރު ބޮލެއްގެ މައްޗަށް އެކްސްޗޭންޖު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ކުރެވޭނެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން ކައިރީ ދެއްކީމައި އެކަން ކުރެވޭނެ. އެހެން ނަމަވެސް މަޖުބޫރުކޮށްފިއްޔާ އެކަން ކުރަން މަޖުބޫރު ވާނެ. ދެން އަހަރަމެން ކުންފުނިތާ ހަލާކު ވާނީ،“ ސިޔާމް ވިދާޅުވި އެވެ.
”މިހާރު ކިހިނެއްތޯ ތިބޭފުޅާ އަތުގައި އޮތް ހަލާލު އެއްޗެއް. އޮވެފައި ތިމަންނަ ބޭނުމޭ ލަކުޑި ބުރިއެއް، ކަލޭ ކަލޭ އަތުގައި އޮތް ރަންބުރި ދޭށޭ ތިމަންނައަށް. އެއީއެއް ނޫންތޯ މި ބުނާ އެއްޗަކީ. އަޅުގަނޑުމެންގެ ހަލާލު ފައިސާއެއް ނޫންތޯ އެއީ. ކިހިނެއްތޯ އަޅުގަނޑުގެ އޮތް އެއްޗެއް އަތުލަން ދިމާކުރަނީ. އެއަށް ކިޔާނީ ފޭރުން. އެ ފޭރިގެންނެއް ނުވާނެ އިނގޭތޯ،“
ސިޔާމް ވިދާޅުވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރަ ދެނީ ޑޮލަރުން ކަމަށާއި 500 ޑޮލަރު ކޮންމ ޓޫރިސްޓެއްގެ ބޮލަށް މާރުކުރަން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު މުވައްޒަފުންނަށް ވެސް ކުރާނެ ކަމަށެވެ.




14 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި