ޝަރުއީ ކޯޓަކުން ސާބިތުވާ ކަނޑައަޅައިފައިވާ ކަމެއްގެ ވާހަކަ ނޫނީ ރައްޔިތުންގެ މަޖިލީހުގައި ދައްކައިގެންނުވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިގުތިސާދީ ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރައްވަމުން، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމް ވަނީ އެންސްޕާއަށް އަމާޒުވަމުންދާ ހިޔާނާތުގެ ވާހަކަދައްކަވައިފަ އެވެ.
މީކާއިލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ އެޖެންޑާ ފެތުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ބޭނުން ކުރުމަކީ ހިޔާނާތް ކަމަށެވެ. އަދި އެކަންކަން ބަލަން ޖެހޭނެ ކަމަށް ބުނެ އޭނާ ވާހަކަދެއްކެވި އެވެ.
މީކާއީލްގެ އެ ވާހަކަތައް އިތުރުކުރިއަށް ގެންދިޔުން އަބްދުއްރަހީމް ވަނީ ހުއްޓުވައިފަ އެވެ.
”އިއްޒަތްތެރި މެންބަރު، އަޅުގަނޑަށް ޖެހޭނީ ތިގޮތަށް ވާހަކަފުޅު ބައްޓަން ކުރައްވާ ކަމަށް ވަންޏާ ފުރުސަތު ބަންދުކޮށްލަން، އެއީ ހަމަ ހަގީގަތުގައި ވެސް ދައުލަތުގެ މުއައްސަސާތަކުގެ އަގު ވައްޓައިލެވޭ ގޮތަށް ހަގީގަތެއް ނެތް ނުވަތަ ޝަރީއަތަށް ސާބިތުނުވާ ކަންކަމުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުމަކީ އެއީ ކޮށްގެން ވާނެ ކަމެއް ނޫން، މިތަނުގައި އަޅުގަނޑުމެން މި މުހާތަބު ކުރަނީ ވެސް އިއްޒަތްތެރި މެންބަރު ކިޔާފައި، އެހެންވީމާ އިއްޒަތްތެރި މެންބަރުންގެ އިއްޒަރް ހިފެހެއްޓޭ ގޮތަށް ހުރިހާ މެންބަރުންގެ އަމަލުތައް ބެހެއްޓުމަށް ދަންނަވަމުން ދެން އަޅުގަނޑު ފުރުސަތު މި އަރުވަނީ ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުލްލަތީފު މުހައްމަދަށް އަޅުގަނޑު ފުރުސަތު އަރުވަން، މިއީ އެމްޑީޕީގެ ވަގުތު ހަމަވީމާ މައިކު ކަނޑާލީ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކައަކަށް ނުވަތަ ހީވާހީވުމެއްގެ މައްޗަށް ބިނާކޮށް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު މަޖިލީހުގައި ނުދެއްވާނެ ކަމަށެވެ.




1 Comment
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު