ރަސްފަންނު މޫދުން މި ދުވަސްވަރު ނުރައްކާތެރި ކޯން ސްނެއިލް ފެންނަމުންދާ ކަމަށް ބުނެ އެ ކަމަށް ސަމާލުވާން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އޯޝެނޯހޯލިކް މޯލްޑިވްސް އިން އެދެފި އެވެ.
އޯޝެނޯހޯލިކް މޯލްޑިވްސް އިން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މި ދުވަސްވަރު ރަސްފަންނުން ނުރައްކާތެރި ކޯން ސްނެއިލް ފެންނަމުންދާ ކަމަށެވެ. އެ އެއްޗެހި އާންމުކޮށް ފެން މައްޗަށް އަރާނީ އިރުއޮއްސޭ ވަގުތު ކަމަށާއި އެހެންކަމުން ހަވީރާއި ރޭގަނޑު އެ ސަރަހައްދަށް މޫދަން އެރެންދާ ނަމަ ސަމާލުވާން ވަނީ އެދިފަ އެވެ.
އޯޝެނޯހޯލިކް މޯލްޑިވްސް އިން ވަނީ ކުޑަކުދިން، ރަސްފަންނު މޫދަށް އެރުވާއިރު މޫދަށް އެރޭއިރު އަރާ ކަހަލަ ފައިވާނަށް އެރުވުމަށާއި ހުސްފަޔާ މޫދަށް ނޭރުމަށް އިލްތިމާސްކޮށްފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 600 އަށްވުރެ ގިނަ ވައްތަރުގެ ކޯން ސްނެއިލް އުޅޭ އިރު، މިއީ އާންމުކޮށް އިންސާނުންނަށް ހަމަލަދޭ އެއްޗެކެވެ. އަދި ކިތަންމެ މަޑުމައިތިރިކޮށް ތިއްބަސް މިއީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. މީއީ ވަރަށްވެސް ވިހަގަދަ އެއްޗަކަށްވާއިރު އިންސާނުން މީގެ ވިހައިގައިޖެހި މަރުވުން އެކަށީގެންވެ އެވެ.




32 Comments
ގުޅުންހުރި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ދޫކޮށްފި
ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި