ޖަލުގައި ހުރި މީހެއްގެ ނަމުގައި ގެނައި 980 ގްރާމުގެ ޑުރަގާ ހަވާލުވާން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ޑުރަގް ގެނައި ޕެކޭޖާ ހަވާލުވާން ޕޯސްޓަށް ދިއުމުނެވެ. ފުލުހުން އިއްޔެ ވަނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
ކޯޓުގައި ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ ޑުރަގުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ. އޭނާ ހަވާލުވާން ދިޔަ ޑުރަގް ޕެކޭޖުގައިވާ އެޑްރެސް ކޮށްފައިވަނީ އޭރު ދޫނިދޫ ކަސްޓޯޑިއަލްގައި ހުރި މީހެއްގެ ނަމުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ތުހުމަތުވާ ފަރާތުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް އަށް ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ތުހުމަތުކުރެވޭ ފަރާތުން ކޯޓުގައި ބުނީ އޭނާ އެ ޑުރަގް ބަލާ ދިޔައީ މީހަކު ބުނެގެން ކަމަށެވެ.
ބަންދު މަޖިލީހަށް ފުލުހުން ވަނީ ތުހުމަތުކުރެވޭ ފަރާތާ ދެކޮޅަށް ހެކީގެ ގޮތުގައި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ޑުރަގް ތަހުލީލު ރިޕޯޓު އަދި ކުޑަކަމުދާތަކެތީގެ ރިޕޯޓްވެސް ހުށަހަޅައިފަ އެވެ. އެ ހެކިތަކަށް ބެލުމުން އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކޯޓު އަމުރުގައިއެވެ.
އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 20 ދުވަހަށް ތުހުމަތުކުރެވޭ ފަރާތް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރި އެވެ.




ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން
ހިތަދޫ ކަސްޓޯޑިއަލަށް މަސްތުވާތަކެތި ވެއްދި މައްސަލައިގައި ފުލުހަކަށް ދައުވާކުރަން ފޮނުވައިފި
ދަނބިދޫ އާއި ގަމުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި