ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް މިއަދު އިފުތިތާހުކޮށްފި އެވެ.
އެ ހިދުމަތް އިފުތިތާހު ކޮށްދެއްވީ ހިންމަފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ވެމްކޯ އިން ބުނީ، ހިންމަފުށީގައި ވެމްކޯގެ ހިދުމަތް މިއަދު އިފުތިތާހު ކުރި ނަމަވެސް ރަސްމީކޮށް އެ ހިދުމަތް ފަށާނީ ހުރިހާ ސާމާނަކާއި އުޅަނދުތައް ހަމަކޮށް އަދި މުވައްޒަފުން ނެގުމަށްފަހު ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ކަމަށެވެ.
ހިންމަފުށީގައި ވެމްކޯގެ ހިދުމަތް އިފްތިތާހުކުރުމަށް މިއަދު ހަވީރު ވަނީ އެ ރަށު ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ.



